ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީނު މީހުނަށް ފޮނުވާ ތަކެތި ބަލައިގަންނަ ގަޑި ބަދަލުކޮށްފި

Apr 1, 2020

ކަރަންޓީންގައި ތިބޭ މީހުންނަށް ފޮނުވާ ތަކެތި ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކަރަންޓީންގައި ތިބޭ މީހުންނަށް ފޮނުވާ ތަކެތި މިއަދުން ފެށިގެން ބަލައިގަންނާނީ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގައި ކަމަށެވެ. އެ ދުވަސްތަކުގައި ހެނދުނު 9:00 ފެށިގެން 11:00 އަށް އަދި މެންދުރު 2:00 ފެށިގެން 4:00 އަށް ބަަލައިގަންނާނެ ކަމަށެވެ.

ކަރަންޓީންގައި ތިބޭ މީހުންނަށް ފޮނުވާ ޕާރުސަލް ބަލައިގަންނާނީ ދަރުބާރުގޭގައި ހުންނަ އެކަމަށް ހާއްސަ ޑެސްކަކުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 867 މީހުން އެބަތިއްބެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 15 މީހަކު އެބަ ތިއްބެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 19 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނެ އެވެ.