މޯލްޑިވްސް ޕޮލިސް ސާވިސް

ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށްފި

Apr 1, 2020
3

ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށްފި އެވެ.

މީހުން ބިރު ގަންނަ ގޮތަށް މާލޭގެ މަގުތަކުގައި ދުއްވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮމިޝަނަރު އޮފް ޕޮލިސް ވަނީ ދެއްވާފަ އެެވެ. ފުލުހުން ގެންދަނީ އެފަދަ މީހުން ހުއްޓުވަން މާލޭގެ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ މާލޭގެ އެކި މަގުތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވި ދިވެހި ފިރިހެނަކު އަމީނީމަގުގެ ޓްރެފިކް ޕޮލިސް ސްޓޭޝަން ކުރިމަތިން ހުއްޓުވައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ދީފަ އެވެ.