ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑިއޭގޯ ސިމިއޯނޭ

އެންމެ އަގުބޮޑު ކޯޗް ސިމިއޯނޭގެ މުސާރަ ދަށްކޮށްފި

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކޯޗް، އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ސިމިއޯނޭގެ މުސާރަ ދަށް ކުރަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތް ހުއްޓާލާފައި ވުމުން ކުލަބުތަކަށް ދާނީ މާލީ ގޮންޖެހުންތައް ކުރިމަތި ވަމުންނެވެ. މި ހާލަތުގެ ގޮތުން ކުލަބުތަކުން ދަނީ އެ ކުލަބުތަކުގެ މުސާރަތައް ދަށް ކުރަމުންނެވެ. އެތުލެޓީކޯ ވެސް ވަނީ އެ ޓީމުގެ މުސާރަތައް ދަށް ކުރުމަށް ހުށަހަޅާފަ އެވެ.

ކުލަބުގެ މުސާރަ ދަށް ކުރަން ހުށަހެޅުމުން، ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ސިމިއޯނޭގެ މުސާރަވެސް ދަށް ކުރާނެ އެވެ. މުސާރައިގެ ގޮތުގައި ސިމިއޯނޭއަށް އަހަރަކު 43.6 މިލިއަން ޔޫރޯ (733 މިލިއަން ދިވެހި ރުފިޔާ) ލިބެ އެވެ. އެއީ ހަފުތާއަކު 750000 ޔޫރޯގެ އާންމު ދަނީ އެވެ.

އެތުލެޓިކޯގެ ސީއީއޯ އޭންހަލް ޖިލް މާރިން ވިދާޅުވީ، މި ހާލަތުން އަރައި ގަތުމަށްޓަކައި އެތުލެޓިކޯއަށްވެސް އޮތް ގޮތަކީ މުސާރަ ދަށް ކުރުމެވެ. އެ ގޮތުން އެ ކުލަބުގެ 550 މުވައްޒަފުންގެ މުސާރަ ދަށް ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. ސީނިއާ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މުސާރައިގެ މިންގަނޑު ދިރާސާ ކުރުމަށް އެ ކުޅުންތެރިންނަށް ވަނީ އިތުރު ވަގުތު ދީފަ އެވެ.