ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޭންކްތައް ހުޅުވުމާއެކު ދިގު ކިޔޫ ތަކެއް

Apr 2, 2020

ކޮވިޑް-19 ފެތުރުމުގެ ބިރަށް ސަރުކާރު އޮފީސްތައް ބަންދު ކުރުމަށްފަހު، ބޭންކްތައް ހުޅުވުމާއެކު ދިގު ކިޔޫ ތަކެއް ހަދާލައިފި އެވެ.

ބޭންކްތައް ބަންދު ކުރުމަށްފަހު މިއަދު ބޭންކްތައް ހުޅުވިއިރު ހިދުމަތް ހޯދަން ގިނަ ބަޔަކު ގޮސް ތިއްބެވެ. ބޭންކްތައް ދޮށަށް ގިނަ އިން ގޮސް ތިބީ ބިދޭސީންނެވެ. އެމީހުން ގޮސްފައިވަނީ ގައުމަށް ފައިސާ ފޮނުވުން ފަދަ ހިދުމަތްތައް ހޯދާށެވެ.

ބޭންކްއެއްގެ އޮފިޝަލަކު މިއަދު ބުނި ގޮތުގައި ކާޑު ނެގުމާ ފައިސާ ޖަމާ ކުރުން ފަދަ ކަންކަމުގައި ގިނަ ބަޔަކު ދިޔަ ކަމަށެވެ.

ބޭންކްތައް ދޮށުގައި މިއަދު ދިގު ކިޔޫ ތަކެއް ހެދިއިރު ކޮވިޑް-19 ގެ ސަބަބުން އިގްތިސާދީ ގޮތުން ލިބޭ ގެއްލުންތަކަށް ލުއި ތަކެއް ދިނުމުގެ ގޮތުން ލޯނު ފަސްކޮށް ދޭން ވަނީ ނިންމާފަ އެވެ. މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ބޭންކް އޮފް މޯލްޑިވްސް އަށް މިއަދު ގޮސްފަ އެވެ.