އެފްއޭއެމް

ލޭ ހަދިޔާ ކުރުމުގެ އިސްސަފުގައި އެފްއޭއެމް އިސްވެރިން

ކޮވިޑް-19 ގެ އުނދަގޫ ހާލަތުގައި ލޭ ހޯދަން ދަތި ވެފައި ވުމުން، ފުޓްބޯޅަ އާއިލާއިން ލޭ ހަދިޔާ ކުރުމަށް ހިންގި ޕްރޮގްރާމްގައި އެންމެ އިސް ސަފުގައި އެފްއޭއެމްގެ ވެރިން ލީޑް ކުރައްވައިފި އެވެ.

ފުޓްބޯޅަ އާއިލާގެ ފަރާތުން ލޭ ހަދިޔާ ކުރުމަށް ހިންގި ޕްރޮގްރާމްގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު، އަދި ޑެޕިއުޓީ ޖެނަރަލް ސެކެޓްރީ އަލީ އުމަރު ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ.

މީގެއިތުުން ކުޅުންތެރިންނާއި ކުލަބުތަކުގެ އޮފިޝަލުން އަދި ކުޅުންތެރިންގެ އާއިލާގެ ބައެއް މެންބަރުންވެސް ވަނީ ފުޓްބޯޅަ އާއިލާގެ މި ހަރަކާތުގައި ލޭ ހަދިޔާ ކޮށްފަ އެވެ.

ކޮވިޑް-19 ގެ މިހާލަތުގައި، އެފްއޭއެމުން ވަނީ ހުރިހާ ފަރާތްތަކުން ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެ އެސޯސިއޭޝަންގެ މަސައްކަތްތައްވެސް އޮންލައިން ޕްލެޓްފޯމެއްގެ ދަށުން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެފްއޭއެމްގެ އޮންލައިންކޮށް ހޯދުމަށް [email protected] އަށް މެއިލް ކުރުމުން އެ އެސޯސިއޭޝަންގެ މުވައްޒަފުން އެކަމަށް އެޓެންޑް ވާނެ އެވެ.