ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަންނަ ހަފުތާގެ ތިން ދުވަހު ބޭންކްތަައް ހުޅުވާނެ

Apr 2, 2020

އަންނަ ހަފުތާގައި ބޭންކްތަކުގެ ހިދުމަތް ތިން ދުވަހު ލިބޭނެ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައި އޮންނަތާ ދެ ހަފުތާ ވަނީ ވެފަ އެވެ. އަދި އަންނަ ހަފުތާވެސް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެން މިދިޔަ ދެ ހަފުތާ ސަރުކާރު އޮފީސްތައް ހުޅުވާފައިވަނީ ދެ ދުވަހު އެވެ. ނަމަވެސް އެމްއެމްއޭއިން ވަނީ ސަރުކާރު އޮފީސްތައް ހުޅުވާ މުއްދަތު އިތުރުކޮށްފަ އެވެ.

އެމްއެމްއޭ އިން މިއަދު ބުނި ގޮތުގައި ބޭންކްތައް ހުޅުވާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ކަމަށާ، އެމްއެމްއޭ އިން ވަކި ލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ކުރިއަށް ދާނީ ހެނދުނު 9:30 އިން ފެށިގެން 11 އަށް ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައި އެވެ. މީގެތެރޭގައި ހަތަރު ދިވެހިން ހިމެނެ އެވެ. މި މީހުން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.