ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަރުވާގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ޑރ. މުރާދު

ކޮވިޑް- 19 އަށް ރާއްޖެއިން ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެފި އެވެ.

މިހާތަނަށް ރާއްޖޭގައި 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެ މިހާރު ތިބީ މޮނީޓަރިން ކަރަންޓީނުގަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން އިޓަލީ ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

މިހާރު ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެއީ، އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ.

އެމީހުންގެ ހާލަތާއި ގުޅޭގޮތުން ޑރ. މޫސާ މުރާދު ވިދާޅުވީ ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

"އެމީހުންގެ ހާލު އިރާދަކުރެއްވީތީ ރަނގަޅު. ސިއްހީ ގޮތުން މާ ބޮޑު މައްސަލަތަކެެއް ނުވަތަ ކޮންޕްލިކޭޝަނެއްތަކެއް ފާހަގަ ކުރެވިފައެއް ނުވޭ." މޫސަ ވިދާޅުވި އެވެ.

މީގެ އިތުުރުން މޫސަ ވިދާޅުވީ ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ސާމްޕަލް ގެޓެވިޓްވި ހަތަރު މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިވަގުތު އައިސޮލޭޝަންގައި ތިބީ 15 މީހުނެވެ. ކަރަންޓީންގައި 866 މީހުން އެބަ ތިއްބެވެ.