ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީނުގައި ތިބި 49 މީހަކު ދޫކޮށްލައިފި

Apr 4, 2020

ފަން އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައި ތިބި 49 މީހަކު މިއަދު ދޫކޮށްލައިފި އެވެ. މި އެންމެންނަކީ ވެސް ރާއްޖެއިން ބޭރުން ދަތުރުކޮށްފައިވާ މީހުންނެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި އެ 49 މީހުން ވެސް ދޫކޮށްލީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްފަހު އެވެ. އެ އެންމެންގެ ވެސް ނަތީޖާ ނެގެޓިވް އެވެ. އެމީހުން ކަރަންޓީނުގައި ތިބީ 14 ދުވަހަށެވެ.

ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް ކަރަންޓީނަށް ގެންދަ އެވެ. އަދި އެ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ވެސް ތިބީ ކަރަންޓީނުގަ އެވެ.