ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެލޭޝިއާ އާއި ޓްރެވެންޑްރަމަށް ވެސް ފްލައިޓް އަޅަނީ

Apr 4, 2020
3

މެލޭޝިއާގެ ކުއަލަރަމްޕޫރަށާއި އިންޑިއާގެ ޓްރެވެންޑްރަމަށް ވެސް ވަރަށް އަވަހަށް މޯލްޑިވިއަންއިން ފްލައިޓްތައް އަޅާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު މިއަދު މި ޔަގީންކަން އެރުވީ، އިންޑިއާގެ ކޮޗިންއަށާއި ސްރީލަންކާގެ ކޮލަމްބޯއަށް މޯލްޑިވިއަންއިން ފްލައިޓް އަޅަން ނިންމާފައިވަނިކޮށެވެ.

ކޮޗިންއަށް އަޅަނީ 200 މީހުންގެ ޖާގައިގެ ފްލައިޓެކެވެ. އެއީ އެ ތަނުގައި ތިބި ދިވެހިންގެ ތެރެއިން އަންނަން ބޭނުންވާ މީހުން ގެނައުމަށެވެ. ކޮލަމްބޯއަށް އަޅަނީ 50 މީހުންގެ ޖާގައިގެ ދެ ފްލައިޓެވެ. އެ ދެ ފްލައިޓް މާދަމާ ކޮލަމްބޯއަށް އަޅާނެ އެވެ.

މި ފްލައިޓްތަކުގައި ރާއްޖެ އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.

އިންޑިއާގެ ޓްރެވެންޑްރަމަށާއި މެލޭޝީއާގައި ވެސް ގިނަ ދިވެހިންތަކެއް ރާއްޖެ އަންނަން ބޭނުންވެފައި އެބަ ތިއްބެވެ. ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ދެ ތަނަށް އަޅާ ފްލައިޓްތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ފަރާތުން ވެސް ވަނީ އެ ދެ ތަނަށް ވެސް ވަރަށް އަވަހަށް ފްލައިޓް އަޅައި، ދިވެހިން ގެނައުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.