ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓްރެވަލް ކުންފުނިތަކަށް ލުއި ހޯދަން މަސައްކަތް ކުރަނީ

Apr 6, 2020
5

ކޮވިޑް-19 އާ ގުޅިގެން ޓްރެވަލް ކުންފުނި ތަކަށް ލުއިތަކެއް ހޯދައިދޭން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އިން މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގެ ގިނަ ޓްރެވަލް ކުންފުނި ތަކެއް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ، އާޓާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޓްރެވަލް ކުންފުނިތަކަށް ހޯދޭނެ އެހީތަކާ ބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ.

"ޓްރެވަލް ކުންފުނިތަކަކީ ޓޫރިޒަމްގައި އެންމެ މުހިންމު ބައި. އެހެންވެ، މި ދާއިރާގައި އުޅޭ ދިވެހިންނަށް މި ހާލަތުން ގެއްލުން ވަމުންދާތީ އެހީތެރި ކަމެއް ހޯދަން މަސައްކަތް ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި 200 އަށްވުރެ ގިނަ ޓްރެވަލް އެޖެންސީ ހިންގަމުންދެ އެވެ. އަދި މި ކުންފުނިތަކުގައި 2،000 ދިވެހިން މަސައްކަތް ކުރެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، ޓޫރިޒަމް ސިނާއަތަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފަ އެވެ. މީގެ ސަބަބުން ރާއްޖޭގެ ހުރިހާ ރިސޯޓެއް ގާތްގަނޑަކަށް ވަނީ ހުއްޓިފަ އެވެ.