ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

މެލޭޝިއާގައި ތިބި ދިވެހިންނަށް މިއަދު ޓިކެޓް ވިއްކަނީ

މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މިއަދު ބުނީ މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް މިއަދު ހަވީރު ފަހަކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށެވެ. މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައިވަނީ މި މަހުގެ އައް ވަަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު ހައެއް ޖަހާއިރު ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

އަދި ފުރާގަޑިއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ރާއްޖެ ނާދެވި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ފަރާތުން އިއްޔެ ވަނީ ލަންކާގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފައެވެ. އެގޮތުން މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި 100 މީހުން ވަނީ ރާއްޖެ ގެނެސްފައެވެ.

މީގެ އިތުރުން މިއަދު އިންޑިއާއިންވެސް ދިވެހިން ގެންނާނެއެވެ. އެނގިފައިވާ ގޮތުގައި މިއަދު ގެނައުމަށް ހަމަޖެހިފައިވަނީ 200 މީހުންނެވެ.