ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

މެލޭޝިޔާ ދަތުރުގެ ޓިކެޓް ވިއްކާ ވަގުތު ބަދަލުކޮށްފި

މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމް މިރޭ 8:00 ގެ ކުރިން ހަމަޖެހޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުރިން ބުނީ މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް މިއަދު ހަވީރު ފަހަކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށެވެ. ނަމަވެސް މެލޭޝިޔާއިން ފުރަން ޖެހޭ ވަގުތު އަވަސްވުމާއި ގުޅިގެން ސިސްޓަމުން އެ ބަދަލު ގެނައުމަށްޓަކައި އެ ވަގުތަށް ޓިކެޓް ވިއްކަން ނުފެށުނީ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މޯލްޑިވިއަންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެންމެ ލަސްވެގެން ވެސް މިރޭ އަށެއް ޖެހުމުގެ ކުރިން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އަދި ކުރިން ރޭވި ވަގުތަށް ބަދަލު އައުމުން ސިސްޓަމުން ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކައި ޓިކެޓް ވިއްކުން ފަސް ކުރަން ޖެހުމުން މައާފަށް އެދޭ ކަމަށެވެ

މޯލްޑިވިއަންގެ މެލޭޝިޔާ ދަތުރު ހަމަޖައްސާފައިވަނީ މިމަހުގެ އައްވަނަ ދުވަހު ކުރާ ގޮތަށެވެ.

މޫސަ ވިދާޅުވީ ގައުމީ އެއާލައިންގެ ދަތުރުތައް ސަރުކާރުން އަންގާ ގޮތަކަށް ރާވައި ދޭނެ ކަމަށެވެ.

ރާއްޖެ ނާދެވި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ފަރާތުން އިއްޔެ ވަނީ ސްރީ ލަންކާގައި ތިބި ބައެއް ދިވެހިން ވެސް ރާއްޖެ ގެނެސްފައެވެ. އެގޮތުން ދެ ފްލައިޓެއްގައި 100 މީހުން ވަނީ ރާއްޖެ ގެނަ އެވެ.

މީގެ އިތުރުން މިއަދު އިންޑިއާއިން ވެސް ދިވެހިންގެ ބަޔަކު ގެންނާނެ އެވެ. އެއީ 200 މީހުންނެވެ.