ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލަންކާ އާއި މެލޭޝިއާގައި ތިބި ދިވެހިން އަންނަ ހަފްތާގައި ރާއްޖެ ގެންނަނީ

ލަންކާއާއި މެލޭޝިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަން އިން އަންނަ ހަފްތާގައި ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މިމަހުގެ 12 ވަނަ ދުވަހު ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފްލައިޓް ޝެޑިއުލްކޮށްފައިވާ ކަމަށާއި އަދި މިމަހުގެ 15 އަދު 17 ވަނަ ދުވަހު މެލޭޝިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލައިޓްގެ އިތުރުން ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން މިމަހުގެ 10 ވަނަ ދުވަހު 265 ދިވެއްސަކު ރާއްޖެ ގެނައުމަށް ނިންމާފައިވެ އެވެ.

މޯލްޑިވިއަނުން ބުނީ ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކުން ފުރުމުގެ ކުރިން ކަރަންޓީނު ވާންޖެހޭތަނެއް އަމިއްލައަށް ހަމަޖައްސަންވާނެ ކަމަށެވެ.

ނެޝަނަލް އެމްޖެންސީ އޮޕްރޭޝަނުގައި ބޭއްްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގޭގައި ކަރަންޓީނު ކުރާ އުސޫލުގެ ދަށުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށްވެސް ގޭގައި ކަރަންޓީނުވެވޭނެ ކަމަށެވެ.