ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މޯލްޑިވިއަނުން މެލޭޝިއާއަށް ހާއްސަ ފްލައިޓެއް

މޯލްޑިވިއަން އިން މެލޭޝިއާ އަށް ހާއްސަ ފްލައިޓެއް ބާއްވަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް އަންނަ މަހުގެ 10 ވަނަ ދުވަހު ހާއްސަ ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެއްކޮޅު ޓިކެޓު 385 ޑޮލަރަށް ލިބޭނެ ކަމަށާއި މިހާރުން ފެށިގެން ބުކިން ހެއްދޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ފްލައިޓު ވަކި ބަޔަކަށް ހާއްސަ ނުކުރާ ކަމަށެވެ. ނަމަވެސް މި ފްލައިޓް ބާއްވަން ނިންމީ މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންތަކެއް ކޮވިޑް-19 އަށް މެދުކަނޑާލާފައިވާ ކިޔެވުން އަލުން ފެށުމުން އަނބުރާ ދިޔުމަށް ޑިމާންޑްތަކެއް ކުރުމުން ކަމަށެެވެ.

ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާގެ ޔުނިވާސިޓީތަކުގެ ކިޔެވުން ހުއްޓާލުމާއި ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ. ނަމަވެސް މިހާރު އެގައުމުގެ ހާލަތު ރަނގަޅުވެ ކޮލެޖުތަކާއި ޔުނިވާސިޓީތައް ވަނީ ހުޅޫވައި އަލުން ކިޔެވުން ފަށާފަ އެވެ.