ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 63 މީހަކު މިއަދު ދޫކޮށްލާފައިފި އެވެ.
ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިއަދު ދޫކޮށްލި މީހުންނަކީ ބަނޑޮސް އައިލެންޑް ރިސޯޓާއި މަޑިވަރުގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ ތެރެއިން 60 މީހަކާއި ވެލިދޫ އައިސޮލޭޝަންގައި ތިބި ތިން މީހެއް ކަމަށެވެ.
ވެލިދޫ އައިސޮލޭޝަންގައި ތިބި މީހުންނަކީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު، އެނބުރި ދިޔަ ފަހުން ޕޮޒިޓިވްވި މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ކޮންޓެކްޓްވި ތިން މީހުންނެވެ. އެމީހުން ދޫކޮށްލަނީ ކަރަންޓީން މުއްދަތު ހަމަވެ، ޓެސްޓްތައް ހެދުމަށްފަހު ދެ ފަހަރު ހެދި ޓެސްޓް ވެސް ނެގެޓިވެގެނެވެ.
މާދާމާ ދޫކޮށްލުމަށް 41 މީހެއްގެ ސާމްޕަލްތައް މިހާރު ނަގާފައި ވެއެވެ. އޭގެ ތެރެއިން ނެގެޓިވްވާ މީހުން ދޫކޮށްލާނެ އެވެ. މީގެ ކުރިންވެސް 49 މީހަކު ކަރަންޓީނުން ވަނީ ދޫކޮށްލާފަ އެވެ. ހާރު ހަތަރު ރިސޯޓަކާއި، 19 ސަފާރީއެއްވެސް ކަރަންޓީނުން ދޫކޮށްލާފައިވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލާފައިވާއިރު މި ދެ ދުވަހު ލަންކާ އަދި އިންޑިއާއިން ގިނަ ބަޔަކު ރާއްޖެ އައިސްފައިވާތީ އިތުރު 300 މީހުން މިހާރު ވަނީ ކަރަންޓީން ކޮށްފަ އެވެ.