ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

މެލޭޝިޔާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުސަތު 500 އާއިލާއަށް

ކޮވިޑް19 އާ ގުޅިގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމުގައި ދަތިތައް ކުރިމަތި ވެފައިވާތީ އެ ފަރާތްތަކަށް ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމައިިފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ މާދަމާ މޯލްޑިވިއަންގެ ފްލައިޓެއް ދިވެހިން ބަލާ މެލޭޝިޔާއަށް ދިއުމަށް ހަމަޖެހިފައިވާއިރު އެ ފްލައިޓުން ދިވެހި އާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމް ހުށައެޅުމަށް ވަނީ އެދިފައެވެ. އެގޮތުން އެންމެ ފުރަތަމަ އެކަމަށް އެދޭ 500 ފަރާތަކަށް އެ ފުރުސަތު ދޭނެ ކަަމަށް ވަނީ ބުނެފައެވެ.

ކެއާ ޕެކެޖްގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކެއާ ޕެކެޖްގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކިއްލި
  • ހެދިކާ
  • މޭވާ
  • ސިނގިރެޓް އަދި ދުންފަތުގެ ބާވަތްތައް
  • ތަރުކާރީ
  • ހަނޑޫ، ހަކުރު، ފުއް

ފޮރިން މިނިސްޓްރީން ބުނީ ކޮންމެ އާއިލާއަކަށް 15 ކިލޯގެ ތަކެތި ފޮނުވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ފުރުސަތުދޭ އާއިލާތަކުން ތަކެތި ގެންނާނީ މާދަމާ ހެނދުނު 08:00 ފެށިިގެން ހަވީރު 16:00 ހަމައަށް ވީއައިއޭގެ ޑިޕާޓާ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރުތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މާދަމާ މެލޭޝިޔާއަށް މޯލްޑިވިއަންއިން ކުރާ ދަތުރުގައި ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އޮންލައިންކޮށް މިހާރު ޓިކެޓް ގަނެވޭނެއެވެ. ޓިކެޓެއް ވިއްކަނީ 330 ޑޮލަރަށެވެ.