ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މެލޭޝިޔާގައި ޕޮޒިޓިވްވި ދިވެހި މީހާ ރަނގަޅުވެއްޖެ

މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ މިހާރު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވި ހަބަރު ލިބުމާއި ގުޅިގެން އެ މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެއީ ކޮން ފަރާތެއްކަން އެނގިފައިވާ ކަމަށާ މިހާރު އެމީހާ ބަލިން މުޅިން ރަނގަޅުވެ މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ. -އެމީހާ ޕޮޒިޓްވި ސީދާ ދުވަހެއް ނޭންގޭ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ-

ދާދި ފަހުން މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން 197 މީހުން ވަނީ ރާއްޖެ ގެނެސްފައެވެ. ނަޒްލާ ވިދާޅުވީ އެ މީހުންގެ ތެރޭގައި ޕޮޒިޓިވްވި ދިވެހި މީހާއާ ކޮންޓެކްޓްވި އެއްވެސް މީހަކު ހުރިތޯ ބަލަމުންދާ ކަމަށެވެ.

މެލޭޝިޔާއިން އައި ހުރިހާ މީހުންވެސް މިވަގުތު ތިބީ 14 ދުވަހުގެ ކަރަންޓީންގައެވެ.

އްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.