ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އާންމުންގެ ތެރޭގައި ބަލި ނެތްކަން ޔަގީން ކުރަން ދިރާސާއެއް

ކޮވިޑް19ގެ ނުރައްކާ މުޖްތަަމައު ތެރޭގައި ނެތްކަން ޔަގީންކުރުމަށްޓަކައި ދިރާސާއެއް ކުުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައްޔާރުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އާންމުންގެ ތެރޭގައި ކޮރޯނާ ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް ކޮވިޑް19ގެ ނުރައްކާ މުޖްތަަމައު ތެރޭގައި ނެތްކަން ޔަގީންކުރުމަށްޓަކައި ދިރާސާއެއް ކުުރުމަށް ތައްޔާރުވަމުންދާ ކަމަށާ އެކަމަށްޓަކައި ސާމްޕަލްތައް ނަގާނެ މީހުންނާއި، އަދަދާއި އަދި އެ ނޫންވެސް ކަންކަން ނިންމަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"...މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އިތުރަށް ކޮމިއުނިޓީ ސްޕްރެޑް ނެތްތޯ ޔަގީންކުރުމަށް އިތުރު ސްޓަޑީއެއް ހެދުމަށް. މިހާރު ކޮންކޮން ބައެއްގެ ސާމްޕަލްތައްތޯ ނަގާނީ، ކިތަށްތޯ، ކިތަށް ސާމްޕަލްތޯ އޭގެ މަސައްކަތްތައް ކުރަމުން މިއަދުވެސް މިދަނީ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރަތަމަ ކޮމިއުނިޓީ ސްޕްރެޑް ނެތްކަން ޔަގީންކަން ސްޓަޑީއެއް ތައްޔާރުކުރާނަން." ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިހާތަނަށް ކޮވިޑް19ގެ ނުރައްކާ މުޖްތަަމައު ތެރޭގައި ނެތްކަން ޔަގީންކުރުމަށްޓަކައި ބަލަމުން ގެންދިޔައީ ދެ ގޮތަކަށް ކަމަށެވެ. އެ ގޮތަށް ކުރެވުނު މަސައްކަތުން ކޮރޯނާ ވައިރަސް ފެތުރޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ.

"...މިވަގުތު އަޅުގަނޑުމެން ބަލަމުން މިގެންދަނީ ކޮމިއުނިޓީ ސްޕްރެޑް ހުރިތޯ ދެ ގޮތަކަށް. އެއް ގޮތަކީ ސިވިއު އެކިއުރެސްޕަރޭޓަރީ އިންފެކްޝަންސް ނޫނީ ނޭވާލާ ނިޒާމުގެ އިންފެކްޝަނެއް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ ވަރުގެ މީހުން ޓެސްޓް ކުރަމުން. އެއާއެއްކޮށް ނޭވާލާ ނިޒާމުގެ ބަލިތައް، އަޅުގަނޑުމެން އެޗްޕީއޭއިން ގަވާއިދުން ކޮންމެ ދުވަހަކުވެސް ބަލަމުން ގެންދާނެ ރާއްޖޭގެ ހުރިހާ ތަނެއްގައި ދުވާލަކަށް ރިޕޯޓް ކުރެވެމުންދަނީ، އެވެސް އެއްވެސް ވަރަކަށް އިތުރުވޭތޯ އެބަ ބަލަން. އަދި ދޭތެރެއަކުން ފްލޫ ކުލިނިކަށްދިޔަ މީހުންގެ ތެރެއިން ސާމްޕަލްތައް ނެގީ އެއްވެސް ވަރަކަށް ކޮމިއުނިޓީތެރޭގައި އުޅޭތޯ ބަލަން. މިހާތަނަށް އައިއިރު ނެތް އިންޑިކޭޝަނެއް ލިބިފައެއް."

ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ފިޔަވަޅުތަކާއި ގުޅޭގޮތުން އިތުރު ނިންމުންތައް ނިންމާނީ އެ ދިރާސާއަށްފަހު ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާ 15 ބިދޭސީންނެވެ. އެމީހުންގެ ތެރެއިން 13 މީހުންވަނީ ރަނގަޅުވެފައެވެ. ދެން ތިބި ދެ ބިދޭސީން ވަނީ ނަތީޖާ ލިބުމުގެ ކުރިން ރާއްޖެއިން ފުރައިގެން ގޮސްފައެވެ. މިވަގުތު ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށެވެ. އެމީހުންނަށް ފަރުވާ ދެމުންދަނީ ވެލިދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ.