ހަބަރު

ރައީސްގެ ޝުކުރު ޑޮކްޓަރުންނާއި ނަރުހުންނަށް

Apr 7, 2020
2

ޑޮކްޓަރުންނާއި ނަރުހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ޝުކުރެއް އަދާ ކުރައްވައިފި އެވެ.

ރައީސް ސޯލިހު ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާ ކުރައްވައި ސާބަސް ދެއްވީ މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގަ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ޖީލުގެ އެންމެ ބޮޑު ބަލި މަޑުކަމުގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ސިއްހީ ހިދުމަތްތެރިން ކުރައްވާ ބުރަ، މިންނެތް މަސައްކަތް އެންމެންނަށް ފެންނަމުންދާ ކަމަށެވެ.

"އެ އެންމެންނަށް ޝުކުރު އަދާ ކުރަން، އަދި އުއްމީދަކީ ކޮވިޑް-19އިން ރާއްޖެ އަވަހަށް ސަލާމަތްވުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް ކޮވިޑް-19 ފެނިފައިވާއިރު ސިއްހީ ހިދުމަތްތެރިން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވާ ހާއްސަ ޓީމެއް ވެސް ވަނީ އެކުލަވާލާފަ އެވެ.