ހަބަރު

ޓްރީ ޓޮޕްގައި ނަރުހުންގެ އަގުވަޒަން ކޮށްފި

Apr 8, 2020
2

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން، ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހުންގެ އަގު ވަޒަންކޮށްފި އެވެ.

އިއްޔެ ސިއްހަތުގެ ދުވަސް ފާހަގަ ކުރި އިރު މި އަހަރުގެ ތީމައަކީ ނަރުހުންނާއި ފޫޅުމައިންގެ ހިދުމަތުގެ އަގުވަޒަންކޮށް، މަސައްކަތްތަކަށް އެއްބާރުލުމެވެ. މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަން ދަމަހައްޓައި އިތުރު ކުރުމަށް އާންމުންނާއި އެންމެ ގާތުން މަސައްކަތް ކުރާ އެއްބަޔަކީ ނަރުހުންނާއި ފޫޅުމައިންނެވެ.

ސިއްހަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ދުނިޔެ މިހާރު މިދެކޭ ޒަމާނީ ނަރުހުންގެ ހިދުމަތުގެ ބާނީ އެއްގޮތުގައި މަޝްހޫރުވެފައިވާ ފްލޮރެން ނައިޓިންގޭލްގެ ހަނދާނީ އެވޯޑް ދީފަ އެވެ.

ކޮންމެ އަހަރަކު ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން ހޮވޭ ނަރުހަކަށް ދޭ "ފްލޮރެންސް ނައިޓިންގޭލް އެވޯޑް" މި އަހަރު ލިބިފައިވަނީ އިމަޖެންސީ ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުން ގެންދަވާ ނަރުހެއްކަމަށްވާ މާކް ބްރާވޯ އަށެވެ.

މި އެވޯޑް އޭނާއަށް ހަވާލު ކޮށްފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ބޭއްވި އެނިވާސަރީ ސްޓާފް ނައިޓްގަ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާތުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނާސިންގް ޑިރެކްޓަރު ރެނޭ ރެންސްބާގް ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ދުނިޔޭގެ ހުރިހާ ނަރުހުންނާއި ފޫޅުމައިންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި އިންސާނިއްޔަތަށްޓަކައި ނަރުހުންނާއި ފޫޅުމައިން ކުރާ އަގު ހުރި ހިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ.