ހަބަރު

ކުޑަ ފިރިހެން ކުއްޖަކަށް ބެހުނު މީހަކު ހައްޔަރުކޮށްފި

Jan 7, 2015

އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް މައްސަލަ ބަލަން ފަށައިފި އެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 68 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ މިދިއަ އާދީއްތަ ދުވަހު ހުށެހެޅި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީކު ކުރަން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.