ހަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ

Apr 9, 2020

ހުޅުމާލޭ ރީތިގަސް މަގާއި އަސަރުމާ ހިންގުމާ ގުޅުނު ކަންމަތީގައި އެކްސިޑެންޓެއްވެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

ޕިކަޕް ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ޕިކަޕަށާއި ސައިކަލަށް ވަނީ ގެންލުންވެފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެކްސިޑެންޓްވި ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮވެ އެވެ.