ގދ. ފަރެސްމާތޮޑާ އިން ފުރައިގެން ގއ. ނިލަންދޫއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ ފަސް މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯނި ގދ. ވާދޫ ކައިރީގައި އޮތް ތިލަ ފަރަކަށް ރޭ ފަތިހު އަރާފައިވާ ކަމަށެވެ. އަދި އެ ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ކުރަމުންދާ ކަމަށެވެ.
ފަރަށް އެރި އިރު ދޯނީގައި ހަތަރު ބިދޭސީ އަކާއި ދިވެއްސަކު ހުއްޓެވެ. އެއިން މީހަކަށް ގެއްލުމެއް ނުވެ އެވެ.