ހަބަރު

ކުޑަކުއްޖަކަށް ބިރު ދެއްކި ތިން މީހަކު ހައްޔަރުކޮށްފި

Jan 7, 2015

ކުޑަ އަންހެން ކުއްޖަކަށް އުނދަގޫކޮށް ބިރުދެއްކުމުގެ ތުހުމަތަށް  ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުުހުން ބުނީ 11 އަހަރުގެ އަންހެން ކުއްޖާއަށް ބިރު ދެއްކި ކަމަށް ތުހުމަތުވި ތިން މީހުން ހައްޔަރު ކުރީ މަސްތުވާތަކެއްޗާއެކު ކަމަށެވެ. އަދި އެމީހުންގެ އަތުން ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ވެސް ފެނުނު ކަމަށެވެ.

އެ ތިން މީހުން ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހެނދުނު މާލޭގެ ގެސްޓް ހައުސްއެއްގައި ތިއްބާ ކަމަށާއި

ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން މަސްތުވާތަކެއްޗާއި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މަރާލާނެކަމަށް ބުނެ މަރުގެ އިންޒާރު ދިނުމުގެ މައްސަލަތަކުގެ އިތުރުން ގިނައަދަދެއްގެ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. ދެ ވަނަ މީހާއަކީ އެކި ފަހަރު މަތިން ކުށްކުށުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ތިން ވަނަ މީހާއަކީ ގިނައަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތާކާއި މާރާމާރީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.