ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަސް ހޮސްޕިޓަލެއްގައި ކޮވިޑަށް ފަރުވާ ދެވޭނެ ގޮތް ހަދަނީ

ފަސް ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އިގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ފަސް ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާ ކަމަށެވެ. އެއީ ގއ. އަތޮޅު ހޮސްޕިޓަލާއި، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ބ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލްތަކުގައި ވަކި އަދަދަކަށް އައިސީޔޫ އެނދާއި، އައިސޮލޭޝަނަށް ހާއްސަ އެނދުތަކެއް ބަހައްޓާނެ އެވެ. އަދި ހޮސްޕިޓަލްތަކަކީ ބޭނުން ކުރަމުންދާ ހޮސްޕިޓަލަށްވާތީ ކޮވިޑް-19 އަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސާނީ ހޮސްޕިޓަލްގެ ވަކި ބައެއްގައި ވަކި ދޮރަކުން ވަދެ ނިކުމެ ހެދޭ ގޮތަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ބައްޔަށް [ކޮވިޑް19] އަށް ޓެސްޓް ކުރެވޭނެ ތަންތަނަށް ހެދުމަށް." މަބްރޫކް ވިދާޅުވި އެވެ.

އިންތިޒާމް ހަމަޖައްސާ ހޮސްޕިޓަލްތައް

  • އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި 23 އައިސީޔޫ އެނދު އަދި 22 އައިސޮލޭޝަން އެނދު
  • ގއ. އަތޮޅު ހޮސްޕިޓަލްގައި 23 އައިސީޔޫ އެނދު އަދި 12 އައިސޮލޭޝަން އެނދު
  • ލ. އަތޮޅު ހޮސްޕިޓަލްގައި 20 އައިސީޔޫ އެނދު އަދި 23 އައިސޮލޭޝަން އެނދު
  • ބ. އަތޮޅު ހޮސްޕިޓަލްގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު
  • ށ. އަތޮޅު ހޮސްޕިޓަލްގައި 20 އައިސީޔޫ އެނދު އަދި 37 އައިސޮލޭޝަން އެނދު

ދުނިޔޭގައި މިހާތަނަށް ކޮވިޑް-19 އަށް ފަރުވާއެއް ހޯދިފައި ނުވާއިރު ރާއްޖޭގައި 20 މީހަކަށް އެ ވައިރަސް ޖެހުނެވެ. އަދި މިހާތަނަށް 14 މީހުން ވަނީ ރަނގަޅުވެފަ އެވެ.