އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި އެ އޮފީހުގެ ތިޖޫރީ ހަލާކު ކޮށްލައިގެން 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އެޕޯލޯގެ އޮފީސް ފަޅާލި ކަމުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ.
ބޮޑު މި ވައްކަމުގައި އެ އޮފީހުގެ ތިޖޫރީ ހަލާކު ކޮށްލައިގެން 1.7 މިލިއަން ރުފިޔާ އާއި 2200 ޑޮލަރު ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.