ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފިލިޕީންސުން އައި މީހުންގެ ކަރަންޓީނު އިތުރުކޮށްފި

Apr 13, 2020

ފިލިޕީންސުން ރާއްޖެ އައި ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާތީ އޭނާއާއެކު އެއް ފްލައިޓްގައި ރާއްޖެއަށް އައި މީހުންގެ ކަރަންޓީނު މުއްދަތު އިތުރުކޮށްފި އެވެ.

ފިލިޕީންސުން އައި ދިވެހި ދަރިވަރު ޕޮޒިޓިވްވެފައި ވަނީ އިއްޔެ އެވެ. އޭނާ ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަވެ، ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓްގެ ނަތީޖާއިންނެވެ.

އޭނާއާއެކު ދެން ރާއްޖެއަށް އެ ފްލައިޓެއްގައި އައީ ފިލިޕީންސްގައި ތިބި ދިވެހި އެހެން ދަރިވަރުންނާއި އިނގިރޭސިވިލާތުގައި ތިބި ބައެއް ދަރިވަރުންނެވެ. އެ ހުރިހާ އެންމެންގެ ވެސް ޓެސްޓްތައް ހެދި އެވެ. އެ މީހުންގެ ނަތީޖާ ނެގެޓިވް އެވެ.

ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިތުރު މުއްދަތަށް އެ އެންމެން ވެސް ކަރަންޓީނު ކުރަން ނިންމީ އެވެ. އެމީހުން ތިބެނީ އަރިޔަދޫގަ އެވެ.