ޖޭޑަބްލިއު ރިސޯޓުން މޫދަށް ފުއްމާލި ބިދޭސީ މުވައްޒަފު ހޯދަން އެމްއެންޑީއެފުން އާންމުންގެ އެހީތެރި ކަމަށް އެދިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރު ފިރިހެނެކެވެ. އޭނާއަކީ އެ ރިސޯޓްގެ މިސްކިތުގައި މުދިމަކަށް މަސައްކަތް ކުރަމުން އައި މީހެކެވެ.
އޭނާ ގެއްލިގެން ހޯދަމުންދާތާ ހަފުތާއެއް ވެފައިވާއިރު މިހާތަނަށް އޭނާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. އެހެން ކަމުން އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަަމަ ގޯސްޓްގާޑާ ހިއްސާ ކޮށްދޭން އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
އަދި ދަތުރުކުރާ ފަރާތްތަކާއި ރަށްރަށުން ވެސް އޭނާގެ ހަބަރެއްވޭތޯ ބަލައި ދިނުމަށް އެމްއެންޑީއެފުން އެދިފައި ވެއެވެ.
އެމީހާ ގެއްލުނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގަ އެވެ. ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި އެމީހާ ފޯން ކޯލެއްގައި ހުރެ ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލީ އެވެ. ގެއްލުނު އިރު އެ މީހާ ލައިގެން ހުރީ ހުދުކުލައިގެ ކުރުތާ އަކާއި އަޅިކުލައިގެ ފަޓްލޫނެކެވެ.