ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެޗްއާރްސީއެމް ގޮވާލުން: އަމާން މާހައުލެއް ގާއިމްކޮށްދީ

Apr 15, 2020

ކޮވިޑް-19 އިގެ ބަލި ރާއްޖޭގައި ފެތުރެމުން މިދާ މި ހާލަތުގައި މުޅި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ގާއިމު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރްސީއެމްއިން މިހެން ގޮވާލާފައި ވަނީ ވެރިރަށް މާލެއިން މިއަދު ހެނދުނު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ނުވާ، އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން މާލެއަށް ވަނީ ނުތަނަވަސްކަން ވެރިވެފަ އެވެ.

އެޗްއާރްސީއެމުން ނެރުނު އިލްތިމާސްއެއްގައި ބުނީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އިންސާނީ ހައްގުތައް ދިފާއުކޮށް ހިމާޔަތް ކުރުމަށް ދައުލަތަށާއި ފަރުދުންނަށް އިލްތިމާސްކުރާ ކަމަށެވެ.

މި ބަލި މުޖުތަމައުގައި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި މުޅި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ގާއިމު ކުރުމަށް އެންމެހާ ފަރާތްތަކަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ. އަދި މުއައްސަސާތަކުގެ އިރުޝާދަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރުމަށް ވެސް އެޗްއާރްސީއެމްއިން ގޮވާލާފައި ވެއެވެ.