ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދުނިޔެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދެ މިލިއަނަށް

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ޖެހުނު މީހުން އަދަދު ދެ މިލިއަނަށް އަރައިފި އެވެ.

މިދިޔަ ޑިސެންބަރު މަހު ފެތުރެންފެށި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ޗައިނާއިންނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ގައުމަކަށް މި ބަލި ފެތުރި މިއަދުގެ މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކުން ދެ މިލިއަނަށް އިތުރުވެފައިވަނީ 12 ދުވަސްތެރޭގައެވެ. މި ބަލީގައި މިހާތަނަށް 126 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ބައެއް ގައުމުތަކުގައި މި ބަލި އަދިވެސް ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.

އެގޮތުން އިޓަލީ، އެމެރިކާ، ސްޕެއިން، ޖަރުމަން ފަދަ ގައުމުތަކުގައި މި ބަލި ކޮންޓްރޯލެއްނެތި ފެތުރެމުން ދެއެވެ. މި ބަލީގައި އެމެރިކާއިން އިއްޔެ އެކަނިވެސް 2400 މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް ރާއްޖޭގައި 21 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 63 މީހަކު ރަނގަޅުވެފައިވެއެވެ. ރާއްޖޭގެ ހާލަތުވެސް މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެއީ މާލެއިން ފުރަތަމަ ފަހަރަށް މި ބައްޔަށް މީހަކު މިއަދު ޕޮޒިޓިވްވުމެވެ. އެކަމާއި ގުޅިގެން 24 ގަޑިއިރަށް މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ.