ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޓާސްކް ފޯސްއާ ރައީސް ބައްދަލްކުރެއްވީ އޮންލައިންކޮށް

ޕޮލިސީ ޓާސްކް ފޯސްއާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ބާއްވަވަމުން ގެންދަވާ ބައްދަލްވުންތަކުގެ ތެރެއިން މިރޭގެ ބައްދަލްވުން އޮންލައިންކޮށް ބާއްވަވައިފި އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި ކޮންމެ ރެއަކު ޕޮލިސީ ޓާސްކް ފޯސްގެ މެންބަރުންނާއެކު ރައީސް ގެންދެވީ މުލިއާގޭގައި ބައްދަލް ކުރައްވަމުންނެވެ.

އެ ބައްދަލްވުންތަކުގައި އަލަށް އަޅަން ނިންމަވާ ފިޔަވަޅުތަކާއި، އަދި ރާއްޖޭގެ ހާލަތު ކަމާބެހޭ ބޭފުޅުން ރައީސާ، ވަޒީރުންނަށް ހިއްސާ ކުރައްވައެވެ. އަދި ތަފާތު އެކި ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވަވައެވެ.

މިރޭގެ ބައްދަލްވުން އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާއިރު މިއަދު މާލެއިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ކުޑަ ކުއްޖަކުވެސް މިރޭ ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލެއިން މިއަދާއި މިރޭ ޕޮޒިޓިވްވެފައިވަނީ ދެމައިންނެވެ.

މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން 24 ގަޑިއިރަށް މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އެ މުއްދަތު އިތުރުކުރުމާމެދު މާދަމާ ގޮތްތަކެއް ނިންމާނެއެވެ.