ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތަކެތި ޑެލިވަރީ ކުރެވޭނެ ވަގުތައް ހާމަކޮށްފި

ލޮންޑައުންގެ ހާލަތުގައި ކާބޯތަކެއްޗާއި، ފިހާރަތަކުން ތަކެތި ޑެލިވަރީ ކޮށްދެވޭނެ ވަގުތުތައް ހާމަކޮށްފި އެވެ.

ފުލުހުން ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ތިން ވަގުތެއްގައި ކާބޯތަކެއްޗާއި، ފިހާރަތަކުން ތަކެތި ޑެލިވަރީ ކޮށްދެވޭނެ ކަމަށެވެ. އެއީ ހެނދުނު 09:00 ފެށިގެން މެންދުރު ފަހު 14:00 އަށް އަދި މެންދުރުން އަނބުރާ 15:00 ފެށިގެން އިރުއޮއްސި 18:00 އަށް ކަމަށެވެ. މީގެ އިތުރުން ރޭގަނޑު 20:00 ފެށިގެން 23:00 ގެ ނިޔަލަށްވެސް ކާބޯތަކެއްޗާއި، ފިހާރަތަކުން ތަކެތި ޑެލިވަރީ ކުރެވޭނެ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 23 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި ތިން މީހަކުވެސް ހިމެނެއެވެ.

މާލެއިން ކޮވިޑް ފެނުމާއި ގުޅިގެން ރާއްޖޭގެ ހާލަތު ވަނީ ނާޒުކުވެފައެވެ. އެކަމާއި ގުޅިގެން މާލެ ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފައެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެ މުއްދަތު އިތުުރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.