ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ލޮކްޑައުން: ގަންނާނީ މިތަކެތި!

ބައިބޯ މާލޭގެ ފުރަތަމަ ކޭސްްއާއެކު މުޅި މާލެ ސަރަހައްދު މިއޮތީ މިހާރު ލޮކްޑައުންކޮށްފަ އެވެ. އިއްޔެ ހެނދުނުގެ އެ ހަބަރާއެކު ލޮކްޑައުން އެއްކަން އިއުލާން ކުރީ އެންމެންވެސް ކުއްލި ސިހުމެއްގެ ތެރޭގައި ތިއްބަ އެވެ. މި ދުވަސްވެސް އަންނާނެ ކަމަށް ސިއްހީ މާހިރުން ބުނެ ބުނެ ތިއްބާ ވައިރަސް އައިސް މާލެ ތެރޭގައި ފެތުރުނީ އެެވެ. އެއާއެކު ލޮކްޑައުން އިއުލާންކޮށް އާއްމުން ތިބި ތަނަކުން ގެއަށް ދިއުމަށް އެއް ގަޑި އިރުވެސް ނުލިބެ އެވެ.

އޮފީސްތަކުގައި ތިބި މިހުން ގެއަށް ދާން ދުއްވައިގަން އިރު އެއްބަޔަކު ދުވީ ފިހާރަތަކަށެވެ. ބާޒާރު މައްޗާއި ސުޕަމާކެޓްތައް ފުރާލި ގެއަަށް ބޭނުންވާ ސާމާނު ގަންނާށެވެ. ލޮކްޑައުން އިތުރު ކުރާނެ ކަމުގެ ބިރާއެކު މުދާ އެއް ކުރި އެވެ. ލިބުނު ކުޑަ ވަގުތުކޮޅާއެކު ގަންނަން ބޭނުންވި ބައެއްް ޒަރޫރީ އެއްޗެހިވެސް ނުގަނެވި ތިބި މީހުން އެބަ ތިއްބެވެ. އެމީހުންނަށް ބޭނުންވާ އެއްޗެހި ގެއަށް ފޯރުކޮށް ދިނުމަށް ސަރުކާރުން އޮތީ ޑެލިވަރީގެ ހިދުމަތް މިހާރު ފަށާފަ އެވެ. އެކަަމަކު މި ލޮކްޑައުންގަައި އެންމެ އިސްްކަަންދީގެންް ގަންނާނި ކޯއްޗެއް ހެއްޔެވެ؟

އެންމެ މުހިއްމީ ކާޑުގެ ބާވަތްތައް!

ހަނޑޫ ހަކުރު ފުށް މިއީ ކޮންމެ ގޮތެއްވިޔަސް އެންމެ މުހިއްމު އެއްޗިއްސެވެ. މީގެ އިތުރުން، ފިޔާ ލޮނުމެދު އިނގުރު އަލުވި ބިހާއި މަސް ފަަދަަ ބާވަތްތައްވެސް ގެއަށް މުހިއްމުވާނެ އެވެ. ކާއްޓާއި ކުކިން އޮއިލް ވެސް އެއީ ބަދިގެއަށް ކޮންމެ ގޮތެއް ވިޔަސް މުހިއްމުވެފަައި އެ ބާވަތްތަކާ ނުލާ ކައްކަންްވެސް އުނދަގޫ ވާނެ ބާވަަތްތަކެވެ. އެހެންނަމަވެސް، މި ތަކެތި ގަންނަ އިރު ބަސްްތާ ތަކާއި ކޭސްކޭސް ގެނެސް ގޭގެ ސިޓިންް ރޫމްގައި އެއް ނުކުރާށެވެ. ސިޓިން ރޫމް އަކީ ކާޑު ގެއަކަށް ހެދުމުން މި ވަގުތު އެ ތަކެތި ބޭނުންވާ އެހެން މީހުންނަށް ލިބުމުގައި ދަތިވާނެ އެވެ.

މިހާރުވެސް މާލޭގެ ބައެއް ސަަރަހައްދުތަކުން ހަނޑޫ ހަކުރު ފުށް ނުލބިގެންް އުޅެ އެވެ. އެ ތަކެތި ހޯދުމަށް އާއްމުންނަށް ދަތިވާއިރު ފިހާރަތަކުގައި ހުރި މަދު ސްޓޮޮކްވެސް ބައެއް އާއްމުން ބަސްތާ އިން ގަންނަންްޏާ ހުސްވާނެ އެވެ.

އަވަހަށް ކުނިވާ ޒާތުގެ އެއްޗެހި ސްޓޮކް ނުކުރޭ

އަހަރުމެންގެ ކެއުން ބުއިން ހުންނަ ގޮތުން ބައެއް ކާ އެއްޗިއްސަކީ ކޮންމެ ދުވަހެއްގެ ޒަރޫރީ އެއްޗިއްސަށް މިހާރު ވަނީ ވެފަ އެވެ. ޕާނާއި އެކި ކަހަލަ ބަނަސް އެއީ ކޮންމެ ދުވަހެއްގެ ހެނދުނުގެ ސަޔެވެ. ބޭކަރީތަކުން ހަދައިގެން ފިހާރަތަކުގައި ވިއްކާ މި ތަކެއްޗަކީ ތިން ދުވަހުން މުއްދަތު ހަމަވާ އެއްޗިއްްސެވެ. އަވަހަށް ކުނިވާ މި ޒާތުގެ އެއްޗެހިި ގިނައިން ގަތުމުން އުކާލަން ޖެހޭ ބައި ބޮޑުވާނެ އެވެ. ހަރަދަށްވެސް ބަލަންޖެހޭ މި ދުވަސްވަރު މިކަމާމެދު ވިސްްނާލުން މުހިއްމެވެ. ހާއްސަކޮށް ސްޓޮކް ކުރާނަމަ އެވެ.

ލުއި ކާނާއާ ދުރުވާން ފުރުސަތެއް

ޑެލިވަރީ އަށް ގުޅާފައި ކޭސް ކޭހުން ބިސްކޯދާއި ޗިޕްސް އާއި ފިޒީ ޑްރިކްސް އޯޑަރު ކުރުމުން އެ ކުރެވެނީ ބޭކާރު ހަރަދެއް ކަމަށްވެސްް ބެލިދާނެ އެވެ. ލޮކްޑައުން އެއްގައި އަބަދު ގޭގައި ހުންނަން ޖެހުމުން ވާ ފޫހި ފިލުުވައިދެނީ ލުއި ކާނާ އިން ކަމަށް ނުހަދާށެވެ. ލުއި ކާނާތައް އޯޑަރު ކޮށްގެން މުޅި އާއިލާ އަށް ކާން ދިނުމުގެ ބަދަލުގައި ގޭގައި ތައްޔާރު ކުރާ އެއްޗިއްސަަށް އިސްކަން ދޭށެވެ. ހަށިގަނޑަށްވެސް ފަސޭހަ ވެފައި ޖީބަށްވެސް ލުއި ވާނެ އެވެ. އަދި މިއީ ލުއި ކާނާ އާއި، ފިޒީ ޑްރިންކްސް ފަދަ ހަށިގަނޑަށް ގެއްލުންދޭ ބާވަތްތަކާ ދުރުވާން ލިބޭ ކުޑަ ފުރުސަތެއް ކަމަށް ބަލާށެވެ. ފަހުން ޕޮސިޓިވް އިމްޕެކްޓްއެއް ކުރާނެ އެވެ.

އިތުރަށް ކޯއްޗެއް؟

ކެއުން ބުއިމަށް ބޭނުންވާ ތަަކެތީގެ އިތުރުން، ދެންް އެންމެ މުހިއްމު ކަމެއް ދީގެންް ހޯދަން ޖެހޭނީ ފާހަނަ އާއި ރީތިވާން ބޭނުންވާ ސާމާނެވެ. މި ތަކެތި ހޯދުމުގައިވެސް ކޮންމެހެން އެ ވަގުތަށް ބޭނުންވާ އެއްޗެއްތޯ ބެލުން މުހިއްމެވެ. އަދި މުހިއްމު ނޫން ނަމަ އާއި އެ ވަގުތު އެއާ ނުލާ ނޫޅެވޭނެ އެއްޗެއް ނަމަ ފަހުން ހޯދަން ވެސް ބެހެއްޓިދާނެ އެވެ. އަދި އެ ފައިސާ އިން ޒަރޫރީ އެއްޗެއް ގަތުމަށް ހޭދަ ކުރެވިިދާނެ އެވެ.

މީގެ އިތުރުން، ފެނަކީ ގެއަށް އެންމެ މުހިއްމު އެކައްޗެވެ. ކެއުމަށް ބޭނުންވާ އެއްޗެހި ހޯދުމުގައި އަވަދިނެތި އުޅޭ އިރު ފެން ރައްކާ ކުރަން ވިސްނާށެވެ. އަދި ހަމައެހެންމެ، ގޭސް ބޭނުން ކުރުމުގައި ވެސް ސަމާލުވާން ޖެހެ އެވެ. ބައެއް އެއްޗެހި މައިކްރޮވޭވް ކުރެވޭނަމަ އެ ގޮތް އިހުތިޔާރު ކުރެވިދާނެ އެވެ.

ލޮކްޑައުންގައި ގޭގެއަށް ޑެލިވަރީ ކޮށްދޭނެ ބައެއް ފިހާރަަތަށް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އެފިހާރަތުން ދީފައިވާ ނަމްބަރާއެކު ވަކި ގަޑިތަކެއްގައި ޑެލިވާ ކޮށްދޭނެ އެވެ. ޑެލިވާ ކުރުމަށް ފިހާރަތަކަށް ގުޅާއިރު ކުރިއާލާ ގުޅުން މުހިއްމެވެ. ލިމިޓެޑް ފާސްތަކާއެކު ޑެލިވަރީގެ ހިދުމަތްދޭ މީހުންވެސް ފަހަރަކު ގެއަކަށް ތަކެތި ފޯރުކޮށްދޭއިރު އާއްމުންނަށް އޮތީ ކެތްތެރިކަމާއެކު ތިބުމެވެ.