އޮބާމާގެ އަގީދާ އާއި މެދު ބޮޑަށް އޮޅުން އަރަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ތާއީދު ކުރާ މީހުންނަށެވެ. ޖުމްލަކޮށް އެމެރިކާގެ ނަވާވީސް ޕަސެންޓް މީހުން ހީކުރަނީ އޮބާމާ އަކީ މުސްލިމެއް ކަމަށެވެ. އެހެން ހީވެފައިވާ މީހުންގެ ސާޅީސް ތިން ޕަސެންޓް މީހުންނަކީ ރިޕަބްލިކަން ޕާޓީ އަށް ތާއީދު ކުރާ މީހުންނެވެ.
މި ސާވޭ އިން އެނގުނު ގޮތުގައި މީހުންނަށް އަޅުން އަރާ އަނެއް ކަމަކީ އޮބާމާގެ އުފަން ބިމެވެ. ވިހި ޕަސެންޓް މީހުން ހީކުރަނީ އޮބާމާ އުފަންވީ އެމެރިކާ ނޫން ކޮންމެވެސް އެހެން ގައުމެއްގައި ކަމަށެވެ.