ހޮލީވުޑް

ޕޯލް ވޯކާ ގެ ދަރިފުޅު ބައްޕަގެ ހަނދާނުގައި ފައުންޑޭޝަނެއް ހުޅުވައިފި

Sep 14, 2015

ޕޯލް ވޯކާ ފައުންޑޭޝަން ގެ މިޝަން ސްޓޭޓްމަންޓަކީ "ޑޫ ގުޑް" އެވެ. މީގެން ރަމްޒުވަނީ ކަނޑުތަކުގެ ދިރުމަށާއި، އިންސާނުންނަށާއި ޖަނަވާރުންނަށް އެހީވުމަށް ޕޯލް ދިން ސަމާލުކަމެވެ. މި ފައުންޑޭޝަންގެ މަގްސަދު ތަކުގެ ތެރޭގައި އަންނަން އޮތް ޖީލުތައް ބާރުވެރި ކުރުވުމަށް އެހީދިނުމާއި، ސްކޮލަޝޮޕް ފުރުސަތުތައް ހޯދައިދިނުމާއި، އިންސާނިއްޔަތަށް ޓަކާ އޯގާތެރި ކަމުގެ އެކި އެކި ހަރަކާތްތައް ހިންގުން ހިމެނެއެވެ.

ޕޯލް ވޯކާގެ މަރާ ގުޅިގެން އޭނާއަށް ތަރުހީބުދޭ އެތައް މީހުންނާއި އެކުގައި މަސައްކަތް ކުރި މީހުން ވަނީ އޭނާގެ ހަނދާން އާ ކުރުމަށް އެކި އެކި ހަރަކާތްތައް ހިންގާފައެވެ. އޭނާއާއި އެކު ފާސްޓް އެންޑް ފިޔުރިއަސް ގައި ހަރަކާތްތެރިވި ތަރި ވިން ޑީސެލް، އޭނާގެ އަންހެން ދަރިފުޅަށް ޕޯލީން ގެ ނަމުން ނަން ދިނީ ވެސް ޕޯލް ގެ ހަނދާނުގައެވެ.

ކާރު އެކްސިޑެންޓެއްގައި ޕޯލް ވޯކާ މަރުވީ 2013 ގައެވެ.