ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނޫސްވެރިން ބައްދަލުވުންތައް އޮންލައިންކޮށް

Apr 17, 2020
2

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުންތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން މިއަދު ނިންމައި އެކަމަށް ތައްޔާރުވުމަށް މީޑިއާތަކަށް ވަނީ އަންގާފަ އެވެ. ނޫސްވެރިންނަށް ސުވާލު ކުރެވޭ ފަދަ ޕްލެޓްފޯމެއް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 3:30 ގަ އެވެ.

މާލޭގެ ލޮކްޑައުން މިހާރު ވަނީ ދެ ހަފުތާއަށް ދިގު ދަންމާލާފަ އެވެ. ލޮކްޑައުން އިއުލާން ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މާލެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް އަންހެނެއް ފެނިގެންނެވެ. އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް އެ އަންހެން މީހާ ކޮންޓެކްޓްވި އިތުރު ދެ މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެތަނުން އެކަކާ ކޮންޓެކްޓްވި ހަތަރު މީހަކު މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

މާލެއިން ޕޮޒިޓިވްވެފައިވާ ފުރަތަމަ ތިން މީހުންނާ ކޮންޓެކްޓްވި މީހުން ޓްރޭސްކޮށް ޓެސްޓް ކުރުމަށް މިހާތަނަށް 22 ގެއެއް ލޮކްޑައުން ކޮށްފައިވެ އެވެ. އެއީ މާލެ ސިޓީއިންނާއި ހުޅުމާލޭގެ އިތުރުން ހއ. ވަށަފަރުން ގެއަކާއި ކ. ކާށިދޫއިން ގެއަކާއި އައްޑޫ ސިޓީއިން ގެއަކާއި ތ. މަޑިފުށިން ގެއެކެވެ.