ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮފިޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ލޯނު ދީފި

Apr 17, 2020
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކޮމެޓީގައި މައުލޫމާތު ދެއްވަނީ--
100%
0%
0%

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީވުމުގެ އިތުރުން، އޯޕެޑް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 20 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ) ގެ ލޯނު އެހީއެއް ދޭން ނިންމައިފި އެވެ.

ރާއްޖެ އަށް އެހީވެދޭން ނިންމާފައިވަނީ އޯޕެޑް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން އިއްޔެ ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އެހެން ގައުމުތަކަށް 390 މިލިއަން ރުފިޔާ ދޭނެ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި މި ލޯނު ދީފައިވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ހީނަރުކަމުގެ ސަބަބުން ހާއްސަކޮށް ޓޫރިޒަމް ސިނާއަތުގެ ހުއްޓުމަކަށް އައުމާ ގުޅިގެން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، ދައުލަތުގެ އާމްދަނީ ދަށްވާނެތީ، ސަރުކާރުން ދަނީ އާމްދަނީ ހޯދޭނެ މަގުތައް ހޯދަމުންނެވެ. މިގޮތުން ސަރުކާރުން ވަނީ ލޯނާއި އެހީ ހޯދާނެ ކަމަށް ބުނެފަ އެވެ. މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަން ދީފައިވަނީ އީޔޫއިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678