ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޓީއޯ އިން ހޯލް ސޭލް ފިހާރަތަކަށް ކާޑު ދޫކުރަން ފަށައިފި

Apr 17, 2020

އެސްޓީއޯ އިން ގްރޭޓާ މާލެ ސަރަހައްދުގެ ފިހާރަތަކަށް ކާޑުގެ ބާވަތްތައް ދޫކުރަން ފަށައިފި އެވެ.

ރާއްޖެ އަށް ކާޑު އެތެރެކުރާ އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ފިހާރަ ތަކަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ދާދި ދެންމެއަކު ސަޕްލައި ކުރަން ފަށާފައިވާ ކަމަށެވެ. އަދި ރަށްރަށަށް ކާޑު ގެންދާ އޮޑި ފަހަރާ ހަމަ އަށް ވެސް ކާޑު ގެންގޮސް ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ކާޑު ސަޕްލައި ކުރުމުގެ މަސައްކަތުގައި އުޅޭނީ އެސްޓީއޯ ޔުނީފޯމުލީ މުވައްޒަފުން. މިހާރުން ފެށިގެން ވިޔަފާރިތަކަށް ހަނޑޫ، ހަކުރު އަދި ފުއް ސަޕްލައި ކޮށްދޭނެ. އެ ފަރާތްތަކުން ވަކިން ގޭގެއަށް ފޯރުކޮށް ދޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ އިން ވަނީ ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑު ލިބޭނެ ކަމަށް ބުނެފަ އެވެ.