ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޓިއޯއިން މުދާ ގޭގެއަށް ގެންގޮސް ދޭން ސިފައިން ނުކުމެއްޖެ

Apr 17, 2020
5

އެސްޓީއޯގެ ހޯމް ޑެލިވަރީއަށް ބާރު ބޮޑުވެ، ހުއްޓިފައިވާތީ، ގޭގެއަށް މުދާ ގެންގޮސް ދިނުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެސްޓިއޯގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވި ގޮތުގައި ގޭގެއަށް މުދާ ގެންގޮސް ދިނުމުގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށާ، އެ މަސައްކަތް ކުރަނީ ސިފައިން ކަމަށެވެ. މި މަސައްކަތް ކުރަނީ އެސްޓީއޯގެ އުޅަނދުތައް ބޭނުންކޮށްގެންނެވެ.

ސިފައިން ދަނީ އާއްމުން ގޭގެ އަށް މުދާ ހޯދަން ދީފައިވާ އޯޑަރު ތަކަށް މުދާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި، އެސްޓީއޯ ސުޕަ މާކެޓުގައި ހަރަކާތްތެރިވަމުންނެވެ. އާއްމުން ފޮނުވާފައިވާ ލިސްޓުތަކަށް މުދާ ނަގައި ގޭގެއަށް ގެންގޮސްދޭން ސިފައިންގެ ޓީމެއް ދަނީ ސުޕަމާކެޓުގައި ހަރަކާތްތެރިވަމުންނެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ މުދާ އެންމެ ފުޅާކޮށް ސަޕްލައި ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން ދަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުންނެވެ.