ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ޖަމާއަތް ހުއްޓާލަންވީމަ ރަށްރަށަށް އަންގާނެ: މިނިސްޓްރީ

މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ދެންމެ ބުނީ އެއްވެސް ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާނީ އެޗްޕީއޭއިން މޮނިޓަރިން ހާލަތަށް އެ ރަށެއް ގެނައުމުން އެ ހާލަތުގައި އެކަނި ކަމަށެވެ. އަދި ޖަމާއަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖަމާއަތުގައި ނަމާދުކުުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި ކޮންމެ ހުކުރު ދުވަހު ބާއްވަމުންދާ ހުކުރުގެ ޖަމާއަތްވެސް ނުބާއްވާތާ ފަސް ހަފްތާ ވަނީ ފާއިތުވެފައެވެ.

މީގެ އިތުރުން ރިސޯޓްތަކުގައިވެސް ޖަމާއަތް ހަދައިގެން ނަމާދުކުުރުން ވަނީ މެދުކަނޑާލާފައެވެ.

ކޮވިޑް-19 އަށް މާލެއިންވެސް 8 މީހަކު ޕޮޒިޓިވްވެފައިވާއިރު މިހާރު މާލެ އޮތީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އެހެން ކަމުން ކުރިއަށް އޮތް ދެ ހަފްތާގައިވެސް ޖަމާއަތުގައި ނަމާދު ކުރުން މާލޭގައި މަނާވާނެއެވެ.