ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި ބަޔަކު ދިޔަ ތިން މިސްކިތެއް ބަންދުކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ދިޔަ ތިން މިސްކިތެއް ބަންދުކޮށްފި އެވެ.

ބަންދުކޮށްފައިވަނީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން މިސްކިތާއި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީންގެ އިތުރުން މަސްޖިދުލް އަފީފުއްދީން އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ތިން މިސްކިތަށް ކޮވިޑަށް ޕޮޒިޓިވްވީ ބަޔަކު ގޮސްފައިވާތީ އެ މިސްކިތްތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިސްކިތްތައް ޑިސްއިންފެކްޓް ކުރުމަށްފަހު ދެން ހުޅުވާނެ ވަކި ވަގުތެއް އެ މިނިސްޓްރީން ނުބުނެއެވެ. ނަމަވެސް މާދަމާގެ ވަގުތެއްގައި އެ މިސްކިތްތަކުގައި އަލުން ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުުރުން ހުއްޓާލާ މިސްކިތްތައް ބަންދުކުރިއެވެ. ވެރިރަށް މާލޭގެ މިސްކިތްތައް ތިން މަހެއްހާ ދުވަހަށް ބަންދުކުރިއެވެ. މާލޭގައި ޖަމާއަތުގައި ހުކުރު ނަމާދު ކުރަން ފަށާފައިވަނީވެސް މީގެ ދެ ހަފްތާ ކުރިންނެވެ.