ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބަލި ބޮޑަށް ފެތުރިއްޖެނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލި ފެތުރެން ފަށައިފިނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިރޭ ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ މޫސާ ވަނީ ރާއްޖޭގައި ބަލި ބޮޑަށް ފެތުރިއްޖެނަމަ މުޖްތަމައުގެ ހާލަތު އޮންނާނެ ގޮތާމެދު ކޮށްފައިވާ ދިރާސާއާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ހިއްސާކޮށްފައެވެ.

އެ ޕްރެޒެންޓޭޝަން ހުށައަޅުއްވަމުން ޑރ. ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް ނާޅައިފިނަމަ ނުވަތަ އެކަށީގެންވާ މަސައްކަތް ތަކެއްކޮށް، އާންމު ރައްޔިތުން ކިޔަމަންތެރިކަން ނުދައްކައިފިނަމަ ބަލި ފެތުރި އެތައް ބަޔަކު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދި ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތް ކަމަށާ ބަލި ހާލު ބޮޑުވާ މީހުންގެ އަދަދު ގިނަ ވެއްޖެނަމަ ވެންޓިލޭޓަރުގައިވެސް ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށެވެ. ޝީނާ ވިދާޅުވީ ސަރުކާރުން ފެސިލިޓީ ހެދިނަަމަވެސް އަދި އެޑްމިޓް ކުރެވޭނެ ގޮތްތައް ހެދިނަމަވެސް ގިނަ ބަޔަކަށް އެއް ފަހަރާ ފަރުވާ ދެވޭނެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށެވެ.

"..އެހެންވީމަ ހުސް އެނދެއްގައި ބޭއްވިޔަސް އެ މީހުންނަށް [ބަލި މީހާއަށް] ފަރުވާ ދޭނެ މީހުންނެއްވެސް ނެތޭ އަދި ވެންޓިލޭޓަރަށްލާން ޖެހިއްޖެއްޔާ އެފަދަ ވަސީލަތްތަކެއްވެސް ނެތޭ. އޭގެ މާނައަކީ މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަރުވެގެންދާނޭއޭ. އެހެންވީމަ އަޅުގަނޑުމެން މި އޮރެންޖް ސިނާރިއޯގައި ބަލާކަމަށްވަންޏާ 2،000 މީހުން މަރުވެގެންދާނެ މި ސިޓުއޭޝަންގައި އަޅުގަނޑުމެން ތިބެންވެއްޖިއްޔާ." ޑރ. ޝީނާ ވިދާޅުވިއެވެ.

ޝީނާ ވިދާޅުވީ އެ ހާލަތަށް ދިޔަނުދިނުމަށް ސިއްހީ މާހިރުން ދެއްވާ އިރުޝާދަށް ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. އެ ހާލަތަށް ދާން ދޫކޮށްލައިފިނަމަ ލައްކައަކަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

"...އަޅުގަނޑުމެން މިހާރު މި ތިބި ސިޓްއޭޝަންގައި ތިބެއްޖެނަމަ 'ޕީކަށް' އެބަދޭ މަހެއްގެ ތެރޭގައި. ދެން އެހެންވީމަ ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އަޅުގަނޑުމެން ތިބޭނީ އެންމެ ގިނަ މީހުން މި ބަލި ޖެހޭ ދުވަހާއި ހަމައަށްގޮސްފައި. އެހެންވީމަ އެ ސްޓޭޖްގައި ތިބޭއިރުގަ އަޅުގަނޑުމެންގެ ހެލްތް ސިސްޓަމަކު އެއްގޮތަކަށްވެސް އެންމެންނަށް ފަރުވާ ދެވޭހާ ކެޕޭސިޓީއެއް ނެތް." ޝީނާ ވިދާޅުވިއެވެ.

ޝީނާ ވިދާޅުވީ އެންމެ ގޯސް ހާލަތަށް ދިއުމުން ފަރުވާދޭން ކިތަންމެ ބޭނުންވިޔަސް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި ެއެޑްމިޓްކޮށް ފަރުވާ ނުދީ ދޫކޮށްލާ މީހަކީ ތިމާ ކަމުގައި ވެދާނެ ކަމަށް ދެކި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވިއެވެ.