ދުނިޔެ

އީރާނުގެ ރައީސް ޔަހޫދީންނަށް އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފި

Sep 14, 2015

ރައީސް ރޫހާނީގެ ފާރިސީ އެކައުންޓުން މި ޓްވީޓް ކޮއްފައި ނުވާތީ، މިއީ ބައިނަލް އަގްވާމީ މުޖްތަމައަށް އަމާޒުކޮށް ފޮނުވާފައިވާ މެސެޖެއްކަން ދޭހަވެއެވެ. މި މެސެޖު ފޮނުވާފައި މި ވަނީ އެމެރިކާއާއި އެކު އީރާނުން ހަދާފައިވަ ނިއުކްލިއާ އެއްބަސްވުމަށް އިޒްރޭލުން ފާޑުކިޔައި ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ. އަދި ކުރިއަށް އޮތް ފަންސަވީސް އަހަރު ތެރޭގައި އިޒްރޭލު ނެތިގެންދާނެ ކަމަށް އީރާނުގެ ރޫހީ ލީޑަރު ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.

އީރާނުގައި މީގެ ތިން ހާސް އަހަރު ކުރީއްސުރެ ޔަހޫދީން ދިރިއުޅެއެވެ. 1979 ގައި ޝިއީ މުސްލިމުން އީރާނަށް ގެނައި އިންގިލާބާ ގުޅިގެން އީރާނަށް ނިސްބަތްވާ ގިނަ ޔަހޫދީން ގައުމު ދޫކޮށް ދިޔައެވެ. އެހެން ނަމަވެސް ލަފާ ކުރެވޭ ގޮތުގައި މިހާރުވެސް އީރާނަށް ނިސްބަތްވާ ވިހި ހާހަށްވުރެ ގިނަ ޔަހޫދީން އީރަނުގައި ދިރިއުޅެއެވެ.

އީރާނުގެ ކުރީގެ ރައީސް އަހްމަދީނެޖާދަކީ ޔަހޫދީންނާ ވަރަށް ދެކޮޅު ވެރިއެކެވެ. އަދި ހަ މިލިއަނެއްހާ ޔަހޫދީން ގަތުލުކުރި ހާދިސާ ކަމަށްވާ ހޮލަކޯސްޓަކީ ހިޔާލީ ވާހަކައެއް ކަމަށް ވިދާޅުވި ބޭފުޅެކެވެ. އެހެން ނަމަވެސް މިހާރުގެ ރައީސް ވެރިކަމަށް ވަޑައިގެން ވަނީ އީރާނުގެ ޔަހޫދީ ސްކޫލު ތަކާއި ހޮސްޕިޓަލް ތަކަށް އެހީތެރިވެ ވަޑައިގެންފައެވެ.