ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އައްޑޫއާ ފުވައްމުލަކުގައި ނަމާދު ޖަމާއަތް ހުއްޓާލަން އަންގައިފި

އައްޑޫ ސިޓީއާ ފުވައްމަލު ސިޓީގައި މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ޖަމާއަތް ހެދުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އައްޑޫ ސިޓީއާ ފުވައްމަލު ސިޓީގައި މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފަރުޟް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

އަދި މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިގޮތަށް ދެ ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

އެއްވެސް ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާނީ އެޗްޕީއޭއިން މޮނިޓަރިން ހާލަތަށް އެ ރަށެއް ގެނައުމުން އެ ހާލަތުގައި އެކަނި ކަމަށެވެ. އަދި ޖަމާއަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިމަހުގެ 30 ވަަނަ ދުވަހުގެ ނިޔަލަށް މާލެ، ހުޅުމާލެ އަދި ވިލިމާލެއާ ރިސޯޓްތަކުގައި ނަމާދުގެ ޖަމާއަތް ގާއިމް ނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.