ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައިޖީއެމްއެޗުގައި އޮންލައިން ކްލިނިކްތަކެއް

މާލެ އިން ކޮވިޑް-19ފެނުމާ ގުޅިގެން އަންނަ މަހުގެ އެކަކާާ ހަމައަށް ލޮކްޑައުން ކުރުމުން އައިޖީއެމްއެެޗް ހޮސްޕިޓަލުގައި އޮންލައިން ކްލިނިކްތަކެއް ހިންގުމަށް ނިންމައިފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ޑޮކްޓަރަށް ދައްކަން ބޭނުންވާާ ފަރާތްތަކަށް ވަނީ ދަަތިތަކާ ކުރިމަތިވެފަ އެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހުން ފެށިގެން އޮންލައިންް ކްލިނިކްތަކެއް ގާއިމް ކުރާނެ ކަމަށެވެ. އެ ކްލިނިކުން ދުވާލަކު 10-15 ވަރަކަށް މީހުންނަށް ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މި ކްލިނިކް މިހާރުވެސް އެ ހޮސްޕިޓަލުގެ ދެ ޑިޕާޓްމަންޓަކުން ކުރިއަށްގެންދެ އެވެ. އެއީ، އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓު (08:30 - 12:00) އާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓު (10:00 - 12:00) އަށެވެ.

އިތުރު ކްލިނިކްތަކުން ހޯމަ ދުވަހު ހިދުމަތް ފަށަ އެވެ. ހޯމަ ބުދަ އަަދި ހޮނިހިރު ދުވަހުގެ ހެނދުނު ނުވަ އަކުން މެންދުރުފަހު އެކަކަށް ކްލިނިކްގައި ހިދުމަތް ދެ އެވެ. އެ ކްލިިނިކްތަކަކީ؛

  • ނާރުގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
  • ހިތުގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
  • އާންމު އޮޕަރޭޝަންތަކާ ބެހޭ ޑިޕާޓްމެންޓް
  • ކެންސަރު ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
  • އެތެރެހަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
  • ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
  • ކިޑްނީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
  • ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް

އައިޖީއެމްއެޗުން ބުނީ މި ކްލިނިކްތަކުން ހިދުމަތް ދެނީ ވީޑިއޯ ކޯލް މެދުވެރިކޮށް ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް އެދިފައިވާ ތަރުތީބުން ޕޭޝަންޓުންނަށް ގުޅަމުން ގެންދާނެ ކަމަށެވެ. ކްލިނިކްތަކާ ބެހޭއ އިތުރު މައުލޫމާތު ހޯދުމަށް 3335335 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

މާލެ އިން މިހާތަނަށް 14 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ބަންދްލަދޭޝް ރައްޔިތަކު ވެސް ހިމެނެ އެވެ. ބާކީ ތިބި 13 މީހުންނަކީ ދިވެހިންނެވެ.