ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގައިދީންތަކެއް ޔުނިޓުން ނިކުމެ މާފުށި ޖަލުގައި ހަމަނުޖެހުން ހިންގައިފި

މާފުށި ޖަލުގައި ތިބި ގައިދީންތަކެއް ޔުނިޓުން ނިކުމެ، ޖަލުގައި ހަމަނުޖެހުން ހިންގައިފި އެވެ.

މޯލްޑިވްސް ކަރެކްޝަަންސްް އިން މިއަދު ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީންތަކެއް ޔުނިޓުން ނިކުތް ކަމަށެވެ. އަަދި، ޔުނިޓުން ނިކުމެ ޖަލު އޮފިސަރުންނާ ދެމެދު ހަމަނުޖެހުން ހިނގި ކަމަށެވެ.

މި ހާދިސާގައި ގައިދީއަކަށާއި ދެ އޮފިސަރަކަށް ވަނީ އަނިޔާ ވެފަަ އެވެ. ކަރެކްޝަންސް އިން ބުނީ، މިހާރު ވަނީ ޖަލގެ ހާލަތު ކޮންޓްރޯލް ކޮށްފަައި ކަމަށެވެ. އަދި މިކަން ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށް މައުލޫމާތު ދިނެވެ.

މާފުށީ ޖަލުގައި މިރޭ ހަމަނުޖެހުން ހިނގި އިރު މިއަދު ވަނީ 105 ގައިދީއެއްގެ އަދަބު ލުއިކޮށްފަ އެވެ. މިކަމާ ގުޅިގެން މިއަދު ހޯމް މިނިސްޓްރީން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 105 ގައިދީއަކަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވާފައިވާ ކަމަށެވެ.

އަދި، ގައިދީންނާއި ބަންދު މީހުން ހިމެނޭހެން، ޖަލުތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުުން ކުޑަކުރުމަކީ ކޮންމެެހެން މުހިންމު ކަމެއް ކަމަށް ކަމާގުޅުންހުރި ފަންނީ މާހިރުން ލަފާ ދެމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.