ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބީއެމްއެލްގެ އަސާސީ ހިދުމަތްތައް ދޭނެ

ލޮކްޑައުންގައި އޮތް ނަމަވެސް ކޮންމެހެން ދޭން ޖެހޭ ހިދުމަތް ތަކަށް މާދަމާ އާއި ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިދުމަތް ލިބޭނެ ކަމަށް ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މާދަމާ އާއި ހޯމަ ދުވަހު އެ ބޭންކް ހުޅުވަނީ ހަމަ އެކަނި އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ކަމަށެވެ. އަދި މި ދެ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ހިދުމަތް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

މި ދެދުވަހު ބޭންކް އިން ދިނުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ގެ ހޯދުމަތް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) [email protected] އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓާ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށާ
ޕޭ ރޯލްގެ ހިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެ ވޭނެ ކަމަށެވެ.

އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށާއި ނަމަވެސް ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ. މާދަމާ ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފަ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި ހެނދުނު 11.30 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފާ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ވެސް އެ ބޭންކުންވަނީ ބުނެފަ އެވެ.

ބީއެމްއެލްގެ ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 200،000 ރުފިޔާ ޖަމާކުރެވޭނެ އެވެ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 50،000 ރުފިޔާ ޖަމާކުރެވޭނެ އެވެ.