ހަބަރު

ހައުސިން މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން އުމަރާ ހަވާލު ކުރައްވައިފި

Jan 7, 2015

ހައުސިން މިނިސްޓްރީ ހިންގެވުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ވަގުތީ ގޮތުން ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު ވިދާޅުވީ ހައުސިން މިނިސްޓްރީ ހިންގުން އުމަރާ ހަވާލު ކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ކަމަށެވެ.

މިދުވަސްކޮޅު ބައެއް ވަޒީރުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާތީ އެ ވަޒީރުން ހިންގެވި ވުޒާރާތައް އެހެން ވަޒީރުންނާ ހަވާލު ކުރައްވާފައިވެ އެވެ. އެގޮތުން ހެލްތް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ ހެލްތް މިނިސްޓްރީ ހިންގުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާ ވަނީ ހަވާލު ކުރައްވައިފަ އެވެ. އަދި ޑިފެންސް މިނިސްޓްރީ ހިންގުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ވަނީ ހަވާލު ކުރައްވައިފަ އެވެ.