ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

މިވަގުތު ސާބިތުކަން ހޯދަންވީ ދުއާއިން: މިނިސްޓަރު

Apr 19, 2020
1

މުޅި ދުނިޔެއަށް ކޮވިޑް-19 އިގެ ބަލާއާފާތް ފެތުރި، ނުރައްކަލުގައި އޮތްއިރު މިއީ ހެޔޮ އަމަލު ކުރުމާއި، ދުއާއިން ސާބިތުކަން ހޯދަންވީ ވަގުތު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ މާތް ﷲ އެކި ގޮތްގޮތުން އިންސާނުން އިމްތިހާނު ކުރައްވާ ކަމަށެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށް ސަބަބުތަކުގައި ހިފުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ "ވާން ހުރި ކަމެއްވާނެ ކަމަށް" ބުނެ ބަލީން ރައްކާތެރިވުމުގެ ސަބަބުތަކުގައި ނުހިފާ ދޫކޮށްލުމަކީ މުސްލިމުންގެ ގޮތް ނޫން ކަމަށެވެ. އެހެން ކަމުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިމަތިވާ ކޮންމެ ހާލަތެއްގައި އިންސާނާގެ އަމަލުތައް ބަހައްޓަންވީ ގޮތް އިސްލާމްދީނުގައިވާ ކަމަށާއި މިހާރު މި އޮތް ހާލަތުގައި އިސްލާމް ދީނުގައި އަންގާފައިވާ އެންމެ ރަނގަޅު ގޮތުގައި އަމަލުތައް ބަހައްޓަން ޖެހޭނެ ކަމަށެވެ.

"ހަށިރައްކަލަށްޓަަކައި ކިޔަންޖެހޭ ދުއާތަކެއް އެބަހުރި. ހެނދުނާ ހަވީރު ކިޔަންޖެހޭ ދުއާތަކެއް އެބަހުރި. އެ ދުއާތައް ކިޔުން އެއީ މިދަނޑިވަޅަށް ވަރަށް މުހިންމު ކަމެއް. ގޭގައި ތިބޭއިރު ވީހާވެސް ގިނައިން ގުރުއާން ކިޔަވަން ޖެހޭ. ފަސް ވަގުތު ނަމާދު ކުރުމަށް އިސްކަން ދޭންޖެހޭ... ހެނދުނާ ހަވީރު ކިޔަންޖެހޭ ދުއާތައް ކިޔަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.