ހަބަރު

ކަނޑުމަތީ ހާލު ޖެހުނު ބަޔަކު ސަލާމަތް ކޮށްފި

ތިން މީހުނާއެކު ދަތުރުކުރި ލޯންޗަކުން ތެޔޮ ހުސްވެ، ހާލުގައި ޖެހިފައި ވަނިކޮށް އެ މީހުން ސަލާމަތް ކޮށްފި އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ފުލުހުން ބުނީ މިރޭ 10:00 ޖެހި އިރު އދ. އަރިޔަދޫއިން ފުރައިގެން ދ. މީދޫއަށް ދަތުރުކުރި ލޯންޗެއް ފ. ފީއަލި ބޭރުން ހަތް މޭލު ދުރުގައި އޮއްވާ ތެޔޮ ހުސްވެ ހާލުގައިި ޖެހިގެން ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށެވެ.

މި ލޯންޗުގައު ތިބީ ދެ ފިރިހެނުންނާ އަންހެނެކެވެ. އެ މީހުން ސަލާމަތް ކުރަން ފ، އަތޮޅު ޕޮލިސް ލޯންޗުން ދިޔައިރު ދިޔަވެ، ލޯންޗު އޮތީ އަޑިއަށްދާން ކައިރިވެފަ އެވެ. މީހުން ސަލާމަތްކޮށް ޕަންޕް ޖަހައިގެން ލޯންޗުން ދިޔަ ހިއްކަން މަސައްކަތް ކުރަނިކޮށް އެ ވލޯންޗު ވަނީ އަޑިއަށް ގޮސްފަ އެވެ.

ލޯންޗުގައި ތިބި ތިން މީހުން ވަނީ ފ. ނިލަންދޫއަށް ގެންގޮސްފަ އެވެ.